Updated:Wednesday, 16. January 2008

New Features Added to RMG toolbar

 

 

Search

.

 Links

 Tools

 

ޢަދަދު: 01

13 ޖަނަވަރީ 2008

  Be sure to hit the Refresh button at each new visit.

 

 
spacer

Mobile Edition 

MALDIVES WEB NEWS

 

 
   

13 ޖެނުއަރީ 2008

ކޮންމެ ކޮންމެ މީހަކަށް ވެރިއަކަށް ނުވެވޭނެ.

- ނަޞްރުﷲ ޖަމީލް -

ދިވެހިން ހަލުވި ކަމާއެކު ދަތުރުކުރަމުން މިދަނީ ރިޔާސީ އިންތިޚާބަކާ ދިމާއަށެވެ. ބައެއް ޕާޓީތަކުންނާ، ޕާޓީތައް ހެއްދެވުމަށް މަސައްކަތްކުރައްވާ ފަރާތްތަކުން ވެރިކަމަށް ކުރިމަތި ލައްވާނެ ކަމުގެ ޚަބަރު މިހާރުވެސް ވަނީ ދެއްވައިފައެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ލިބިފައިވާ ބާރު އަޅުގަނޑުމެން ބޭނުން ކުރާނީ ކޮން ބޭފުޅަކު ހޮވުމަށްތޯ މިއީ މިހާރުން ފެށިގެން ވިސްނާލަން ޖެހޭ ކަމެކެވެ. ވަކި ބޭފުޅަކީ ދީނީ ބޭފުޅަކަށް ވެގެން، ނުވަތަ ވަކި ޕާޓީއަކީ ދީނީ ޕާޓީއަކަށް ވާތީ އެ ޕާޓީއަށް ވޯޓު ދޭނީތޯއެވެ؟ ވަކި ޕާޓީއަކީ ވެރިކަން ކުރާ ޕާޓީއަށް ވާތީ، ނޫނީ ވަކި ޕާޓީއަކީ އިދިކޮޅު ޕާޓީއަށްވާތީ ވޯޓު ދޭނީ ތޯއެވެ؟

ނޫނެކެވެ. އަޅުގަނޑުމެން މި ވިސްނަނީ މި ލޮބުވެތި ވަޠަނުގެ ވެރިކަން އެކަން ކުރެއްވޭ ވަރުގ ބޭފުޅަކާ ހަވާލުކުރުމަށެވެ. އެހެން ކަމުން އަޅުގަނޑުމެންގެ ފަރާތުން ވެރިކަން ކޮށްދޭނެ، ގައުމު ހިނގައިދޭނެ ހިންގުންތެރިއެއް އެބަ ހުރިތޯ ވިސްނައި، އެ ބޭފުޅަކަށް ވޯޓު ދެއްވުމަކީ މުހިންމުކަމެކެވެ.

ޢިލްމުވެރިން ހޯއްދަވާފައިވާ ހޯއްދެވުންތަކަށް ވިސްނައި، އަޅުގަނޑުގެ ނަޒަރުގައި ވެރިކަމަށް ގެންނަން ޖެހޭނެ ބޭފުޅެއްގެ ގައިގައި ހުންނަށް ޖެހޭނެ ސިފަތަކެއް އެބަ ހުއްޓެވެ.

ދީނަށް ލޯބިކުރުން

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން އުޅޭ ގައުމެކެވެ. އިސްލާމްދީނަށް ލޯބިކުރުމުގެ ސިފައަކީ ރާއްޖޭގެ ރައީސަކަށް އަންނަ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފައެކެވެ. ދެން ވެރިކަމަށް އަންނަ މީހަކީ މިހާރު ރާއްޖޭގައި މިވާ އިސްލާމްދީނުގެ ބައްތި ނިއްވާލެއްވުމަށް މަސަކަތް ކުރާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ. ޝަރުޢީ ދާއިރާއިން އިސްލާމުދީން ފޭކޮށް ހުޅަނގުގެ އަމިއްލަ ގޮތްތަކެއް ގާތްކުރައްވަން އުޅޭ މީހަކާ ވެރިކަން ޙަވާލު ކުރެވިގެން ނުވާނެއެވެ. މިހާރު ރިޔާސީ ރޭހުގައި ވާދަކުރައްވާ ބައެއް ބޭފުޅުންނަކީ ކްރިސްޓިއަން މިޝަނަރީތަކާ ޤުޅުން އޮންނަ ފބޭފުޅުން ކަމަށް އަޑު އަރާފައިވާނަމަ އެ ބޭފުޅުންނަށް  ވޯޓޫދެއްވަން ޖެހޭނީ އެކަންވެސް ސާފުކޮށްފައެވެ. އަލަށް ހެދުނު ޤާނޫނުލްޢުޤޫބާތަކީ އެއަށް އަމަލުކުރަން ފެށުމުން ރާއްޖެއިން އިސްލާމްދީން އެއްކޮށް ގެއްލިގެން ހިނގައިދާނެ ފަދަ ޤާނޫނެއްކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ވިދާޅުވެފައިވާއިރު، އެކަން ކުރެއްވީ ކޮން ބޭފުޅެއްގެ ބެއްލެވުމުގެ ދަށުންތޯ، އެއީ ކޮން ވިސްނުންފުޅެއްގައި ހުންނަވައިގެން އެ ބޭފުޅަކު ކުރެއްވި ކަންތައްތަކެއްތޯވެސް ބަލައި އޮޅުން ފިލުވުމަކީ މުހިންމުކަމެކެވެ.

ގޮންޖެހުންތަކާ ކުރިމަތިލުން

ދިވެހިން މިހާރު ދެކެމުން މިދަނީ ދުވަހަކަވެސް ދިވެހިން ދެކެފައި ނުވާފަދަ މިނިވަންކަމެކެވެ. ވޭތުވެދިޔަ 29 އަހަރުން ނުވި ކަމެއް ދެން ވާނެތޯ ސުވާލުކުރައްވާ ބޭފުޅުންނަށް އެ ސުވާލު އެ ކުރެއްވެނީވެސް 29 އަހަރުން ވެފައި ނެތް ކަމެއް ވުމުންނެވެ. އެހެނީ ކުރިންނަމަ ދިވެހިންނަކީ ސިޔާސަތާ ބެހޭ ބައެއް ނޫނެވެ. ނަމަވެސް މިއަދު އެހެން ތޯއެވެ! ހެއްދެވި ނުހެއްދެވިއަށް ގޮވަން ކެރޭ މީހުން އެކަން ވެސް ކުރަނީއެވެ. މިނިވަންކަން ފުޅާވެ ޙައްދުންނަށްޓައިފައި އޮތް މިންވަރަކީ ދީނަށް ފުރައްސާރަ ކުރާމީހުން އެކަންވެސް ކުރަނީއެވެ.

އެހެން ކަމުން މިއަދު، މިހާރު، ދިވެހި ޤައުމާ ޙަވާލުވާން ޖެހޭނީ ފިސާރި ކެރޭ ހިތްވަރުގަދަ މީހެކެވެ. ގައިގައި ބާރުތަކެއް ނެތަސް ހިތުގައި ވަރުހުރި ޢަޒުމު ވަރުގަދަ މީހެކެވެ. ވެރިކަން ކުރުމަކީ ގާގޮޅި ޖެހުން ކަހަލަ ކަމެއް ނޫނެވެ. ޖިސްމާނީގޮތަށްވުރެ، ނަފްސާނީ ގޮތުން ވަރު ހުރުމަކީ ވެރިއަކަށް ވުމުގައި މުހިންމު ކަމެކެވެ.

ރައްޔިތުންނާ ކުރިމަތި ލައްވަން ކެރިވަޑައިނުގެންނެވުމަކީ ފިނޑިކަމެކެވެ. ބަހުސެއް ނަމަ އަޑުގަދަ ވުމުން ސްޓޭޖު ދޫކޮށް ދިޔުމަކީ ކެރުމެއްނޫނެވެ. އަޅުގަނޑުމެން ވެރިކަމަށް ގެންނަންޖެހޭނީ އެއަށްވުރެ ކަންކަމާ ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ ބޭފުޅެކެވެ. އެއީ، އެވަރުގެ ގޮންޖެހުމަކާ ކުރިމަތިލައްވަން ކެރިވަޑައިނުގަންނަވާނަމަ ގައުމުގެ ވެރިކަމުގައި ދެދުވަހުވެސް ނުހުންނެވޭނެއެވެ. ނިޒާމީ ބަހުސްގައި އޭރުގެ އިންފޮމޭޝަން މިނިސްޓަރ އަލްއުސްތާޛު މުޙަންމަދު ނަޝީދު އެރޭ ސްޓޭޖް ދޫކޮށްނުލެއްވުމުން  އެ ދައްކަވައިދެއްވީ ނަފްސާނީ ގޮތުން ހުރި ވަރުގަދަ ކަމެވެ. ގޮންޖެހުންތަކަށް ފަސްދީ ނުގޮސް ސާބިތުވެ ހުންނެވުމުގެ ލާމަސީލު މިސާލެކެވެ.

ޤާނޫނާއި ޤަވައިދަށް ހުރުމަތްތެރިކޮށް ހިތުން

ޤާނޫނާއި ޤަވައިދަށް ހުރުމަށް ތެރިކޮށް ހިތުމަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަންޖެހޭނެ ސިފައެކެވެ. އިސްލާމު ދީނާ ޚިލާފު ނުވާނަމަ ކުރުން ވާޖިބު ކަމެކެވެ. އެހެންކަމުން މި ސިފައަކީ ވެރިއެއްގެ ކިބައިގައި ހުރުން ކޮންމެހެން މުހިންމު ސިފައެކެވެ.

ރިޔާސީ ރޭހުގައި ތިބި ބައެއް މީހުންނަކީ ކޮންމެވެސް މައްސަލައެއްގައި ހައްޔަރު ކުރެވިފައިވާ ބޭފުޅުންނެވެ. އެހެންކަމުން އެ ބޭފުޅުން ވެރިކަމާ ހަވާލުވެގެން ގާނޫނާއި ގަވައިދުތަކުގެ ބާރު ނުފޯރާ ހިސާބު މަތީގައި އުޅުއްވާކަށް ފުރުސަތު ދީގެން ނުވާނެއެވެ.

މިސާލެއްގެ ގޮތުން، ރައީސު އިސްތިޢުފާ ޤަބޫލުކުރައްވަންދެއް ވަޒީރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަށް ބަރާބަރަށް ފުރިހަމަށް އަދާކުރުމަކީ ޤާނޫނީ ގޮތުން ވާޖިބެކެވެ. އަދި އެ މުއްދަތުގައިވެސް ރައީސަށް ހުތުރުނަން ލިބޭފަދަ ގޮތަކަށް ޢަމަލާއި ބަސް ބެހެއްޓެވުމަކީ އަޚްލާޤީ މިންގަޑާވެސް ޚިލާފު ކަމެކެވެ. އެހެނީ އެއީ ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާސްތެރިވުމަށް ﷲ ގަންދީ ހުވާކޮށް ގެން ތިއްބަވާތީއެވެ. ނަމަވެސް އިސްތިޢުފާދެއްވި ބައެއް ވަޒީރުން، ރައީސު އިސްތިޢުފާ ޤަބޫލު ނުކުރައްވަނީސް އަދާކުރައްވަން ޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތަށް ހުއްޓަވާލައްވައި މަގުމައްޗަށް ނިކުމެވަޑައިގެންނެވީއެވެ. ޖަޒްބާތުތައް މައިތިރިކުރައްވަން ވެސް އެނގިވަޑައިނުގެންނެވީއެވެ. (ނުނިމޭ)

 

spacer

Get instant notifications on fresh news and views from Maldives!

RMG Blog feed

Get RM Toolbar BETA

 

Get RM Toolbar BETA

 

Add to Google

 

 

 

this PageRanking in Google

spacer

 cnuyil egIruk  | uTcnof | cnwvcauLug | cSwCcawm egWHcfwBim

   Home    Contact Us   Search

SDC

© 2007  Reality Maldives Group , All Rights Reserved.