|
މާތް ﷲގެ ވާގި ފުޅާއެކު
ދިވެހި ޤައުމަށް ޚިދުމަތްކުރުމަށް އަޅުގަނޑުމެން
ފެށި މި މަސައްކަތަށް ލިބުނު ތަރުޙީބަށްޓަކައި ﷲ
ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި
ޝުކުރުދަންނަވަމެވެ.
މި މަޖައްލާގެ ފުރަތަމަ
ޢަދަދު އިންޓަރނެޓްގައި ޝާއިޢުކުރެވުނު ފުރަތަމަ
ދުވަހުވެސް 2500 އަށްވުރެ ގިނަ މީހުން
ޒިޔާރަތްކޮށް، 13000 އަށްވުރެ ގިނަ ހިޓް ލިބުނު
ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް މަތިވެރި
ހިއްވަރެކެވެ. މި ކަމަށްޓަކައި އެ ހުރިހައި
ފަރާޓްތަކަށް ވަރަށް އިޚުލާޞްތެރިކަމާއެކު
ޝުކުރުދަންނަވަމެވެ. ހަމަ މިނޭވާގައި "ދަ
މޯލްޑިވިއަން" ގެ އެޑިޓަރަށާއި މެނެޖްމަންޓަށް
ވެސް ޝުކުރުދަންނަވަމެވެ. އަޅުގަނޑމެންގެ
މަސައްކަތަށް ވިދާޅުވި ހޫނު މަރުޙަބާއާއި ދެއްވި
ހިއްވަރަކީ އަޅުގަނޑުމެންގެ މަސައްކަތަށް ލިބުނު
ވަރަށް ބޮޑު އެހީތެރިކަމެކެވެ.
އިރާދަކުރެއްވިޔާ
ކިޔުންތެރިންނަށް ބޭނުން ހިއްޕެވޭ ފަދަ ޢިލްމީ
ލިޔުންތަކެއް މި ސައިޓްގެ ޛަރީޢާއިން
ހުށަހަޅައިދެވޭތޯ އަޅުގަނޑުމެން
އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާނޫއެވެ. އަދި
އަޅުގަނޑުމެން ކަނޑައަޅައިފައިވާ
ދާއިރާތަކުގެތެރެއިން ކިޔުންތެރިން ބޭނުންފުޅު
ވެގެން އެދިވަޑައިގަންނަވާ ކޮންމެ
މައުޟޫޢަކަށްވެސް އިންސާފުކުރެވޭތޯ އަޅުގަނޑުމެން
މަސަކަތްކުރާނޫއެވެ. މީގެ އިތުރުން ދީނީ ގޮތުން
އެއްޗެއް އޮޅުންފިލުއްވަވަން ބޭނުންފުޅުވާނަމަ،
ދިވަހި ބަހުގެ އަދަބިއްޔާތާ ބެހޭގޮތުން އެއްޗެއް
އޮޅުންފިލުއްވަވަން ބޭނުންފުޅުނަމަ ނުވަތަ
އިޖްތިމާޢީ ގޮތުން އެއްޗެއް އޮޅުންފިލުއްވަވަން
ބޭނުންފުޅުނަމަ އަޅުގަނޑުމެންނަށް
މެއިލްކުރައްވާށެވެ. އޭރުން ތިޔަ ބޭފުޅުންގެ
ސުވާލުތަކުގެ ޖަވާބު އަޅުގަނޑުމެން އަރުވާނޫއެވެ.
ތިޔަ ބޭފުޅުންގެ
ލިޔުއްވުންތަކާއި ޚިޔާލުފުޅުތަކަށް އަޅުގަނޑުމެން
ވަރަށް އިޚުލާޞްތެރިކަމާއެކު
މަރުޙަބާދަންނަވަމުއެވެ.
20
ޖެނުއަރީ 2008
އެޑިޓަރ،
ރިއަލިޓީމޯލްޑިވްސް
|