Updated:Tuesday, 22. January 2008

New Features Added to RMG toolbar

 

 

Search

.

 Links

 Tools

 

ޢަދަދު: 02

20 ޖަނަވަރީ 2008

  Be sure to hit the Refresh button at each new visit.

 

 
spacer

Mobile Edition 

MALDIVES WEB NEWS

 

 
   

20 ޖެނުއަރީ 2008

ޢާއްމުންގެ ފުރިހަމަ ތާއީދު ލިބިފައިވާ މީހަކު، ރުހުން ނެތް މީހަކާއެކު ޢާއްމު އިންތިޚާބެއްގައި ވާދަކުރަން ފަސްޖެހެންވީ ސަބަބެއް ނެތް 

ސިޔާސީ ޕާޓީތަކުން ދިވެހި ޤައުމަށް އަންނަ "އިޞްލާޙުތައް"

- ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު -

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައީ ރައްޔިތުންގެ ގިނަ ބައެއްގެ އުންމީދުތަކަކާއެކީގައެވެ. ތަރައްޤީގެ އައު އުސްމިންތަކަކަށް ރާއްޖެއަށް ވާޞިލުވެވޭނެކަމުގެ އުންމީދެވެ. އަމާން ޞުލްޙަވެރި މުޖްތަމަޢެއް ފެންނާނެ ކަމުގެ އުންމީދެވެ. އަތްމަތި ތަނަވަސް ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ އުންމީދެވެ. ނަމަވެސް ޕާޓީތައް އުފެދި އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް ދިވެހިންނަށް ޙާޞިލުވި އިތުރު ކުރިއެރުމެއް ހަމަގައިމުވެސް ގިނަ ބަޔަކަށް ނުފެނުނެވެ. ތަރައްޤީއެއް ޙާޞިލެއް ނުވިއެވެ. މިވަނީ ކީއްބާވައެވެ؟

އާދޭހެވެ! ބަދަލުތަކެއް އެބަފެނެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި މިހާރު ޙައްދެއް ނެތެވެ. އެމީހަކަ ބޭނުންއެއްޗެއް ލިޔެ ނަގަމުން ގެންދަނީއެވެ. ކަށިނެތް ދޫ ހެލުވުނު ގޮތަކުން ހަލުވަމުން ގެންދަންވީއެވެ. މިނިވަންކަމުގެ ނަމުގައެވެ. ނުކިޔަމަންތެރިކަމާއި އަދަބުވެރިކަމާއި ރީތި ސުލޫކު ގިނަ ބަޔަކު އެއް ފަރާތަށް އެއްލައިލައިފިއެވެ. ޤަވާޢިދުތަކާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ނުހިތުން އިތުރުވެއްޖެއެވެ. މަގުމަތި ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ ސަގާފަތާ ދުރުވާން ފެށިއްޖެއެވެ. ކުށްވެރީންގެ ދިފާޢުގައި ވަކީލުން ނުކުމެ ވަކާލާތުކޮށް ކުށްކުރުމަށް ހިތްވަރުދެވޭގޮތްވެއްޖެއެވެ. ކުށް ނުކޮށް ތިބޭ މަޢުޞޫމު މީހުން އެ ގޮތުގައި ތިބުމަށް ހިތްވަރު ނުދެވި ކުށްކުރާ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ރޫޙެއް އުފެދިއްޖެއެވެ. ތިމާ ހަމަ ހިތްހަމަ ނުޖެހޭ ކިރިޔާ ކަމެއް ފެނުނަސް ރައްޔިތުން ނުކުމެ އޮފީސްތައް ބަންދުކުރުމުގެ އާ ސަގާފަތެއް ދިވެހީންގެ ބަޔަކު ދަސްކޮށްފިއެވެ. މިފަދަ ކަންކަމަކީ ތަރައްޤީ ކަމުގައި މީހުން ކިޔާއަޑުވެސް އިވެން ފަށައިފިއެވެ. ޑިމޮކްރެސީއަކީ މިއީކަމަށް ކިޔާބަޔަކުވެސް އުޅޭތަން ފެންނަން ފަށައިފިއެވެ.

މި ފަދަ ކިތަންމެ ބަދަލުތަކެކެވެ. އެކަމަކު މިއީ ތަރައްޤީއޭ ކިޔަންވީބާވައެވެ؟ ޑީމޮކްރެސީއަކީ މިއީބާވައެވެ؟ މިއަށް ޑިމޮކްރެސީއޭ ކިޔަންވީބާވައެވެ؟ މިފަދަ ޑިމޮކްރެސީއަކާއި ތަރައްޤިއެއް ހަމަ ދިވެހިން ބޭނުންވޭ ބާވައެވެ؟ އެފަދަ ޑިމޮކްރެސީއެއް ނުވަތަ އެފަދަ ތަރައްޤީއެއް ހޯދަން އެދޭ ބަޔަކީ ކޮބައިހެއްޔެވެ؟ ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސްކޮޅު މީހުން ކިޔައި އުޅުނީ، އެ އުޅެނީ ދިވެހިން އަޅުވެތިކަމުން ސަލާމަތްކުރަންކަމަށެވެ. ދީމުޤްރާޠީ އިޞްލާޙުތައް ގެންނަންކަމަށެވެ. 3 މަސް ދުވަހުން ސަރުކާރު ބަދަލުކޮށްލާނެ ކަމަށެވެ. 6 މަސް ދުވަހުން އާ ސަރުކާރެއް އުފައްދާނެ ކަމަށެވެ. ހުރިހާ އެންމެންނަށް ގެދޮރުއަޅައިދީ ކަރަންޓާއި މިފަދަ ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިއަދުގެ ސަރުކާރަށް ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތްކަމަށެވެ. މި އަޑުތައް ޤައުމުގައި ފެތުރުނު ދުވަސްވަރާ ދާދި ކައިރީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ޚާއްޞަ މަޖިލީހުގެ ބައި އިލެކްޝަން ގައި މި ފިކުރުގެ އަހުލު ވެރިން ކާމިޔާބުތަކެއް ހޯދިއެވެ. މި ނަތީޖާގެ މައްޗަށް ބަލައިގެން ފަޚުރުވެރިކަމާއެކު އިޢުލާންކުރަމުން ގެންދިޔައީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކުރިމަތިލައްވާ ކޮންމެ އިންތިޚާބެއްގައި ވާދަކޮށް ކާމިޔާބު ހޯދާނެ ކަމަށެވެ.

މިވާހަކަތައް ދެއްކި ބަޔަކު ދެއްކީ ދިރާސާތަކެއް ކޮށްގެން ކަމަށް ބަޔަކު ހީކުރިއެވެ. އެހެންކަމުން އިންތިޚާބެއްގައި ސަރުކާރަށް އެއްވެސް ތާއީދެއް ނޯންނާނެކަމަށް ގޮވައިނެގިއެވެ. އަދި ސަރުކާރު ބޭޒާރުކޮށްލުމަށްޓަކައި، ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ޢާއްމު ވޯޓެއް ނަގަން ނިންމިއެވެ. އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ބޭއްވުނު މި ވޯޓުލުމުގެ ނަތީޖާއިން ދިވެހިންނަށް އެނގުނީ މިފަދަ ވާހަކަތައް ދައްކާބަޔަކު މި ދައްކަނީ އެއްވެސް ދިރާސާއެއްގެ މައްޗަކަށް ނޫންކަމެވެ. އަދި ޙަޤީޤަތުގެ މައްޗަކަށްވެސް ނޫންކަމެވެ. އެއީ ހަމައެކަނި ނަފްސާނީ ހަތިޔާރެއްގެ ގޮތުން ބަޔަކު ފަތުރާ ވާހަކަތަކެއްކަމެވެ. އެހެންކަމުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކުރިމަތިލައްވާ ކޮންމެ އންތިޚާބެއްގައި ވާދަކުރާނެކަމަށް ގޮވި ގޮވުންތަކުގެ ރާގު ބަދަލުވެއްޖެއެވެ. ރައްޔިތުންނަށް މި ވާނުވާ އެނގިއްޖެކަން ހާމަވުމާއެކު ބިރުނަގައިފިއެވެ. މިހާރު ކިޔަނީ އެހެން ލަވައެކެވެ. މހާރު ކިޔަނީ ކުރިމަތިލައްވައިގެން ނުވާނެ ކަމަށާއި ކުރިމަތި ނުލެއްވޭނެ ކަމަށެވެ.

ކުއްލިއަކަށް މިވީ ކީއްބާވައެވެ؟ ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ކެންޑިޑޭޓަކާއެކު ރައްޔިތުންގެ ސައްތައިން ސައްތަ ތާއީދު އޮތް ކެންޑިޑޭޓަކަށް ވާދަކުރަން ބިރުގަންނަނީ ކީއްވެގެންބާވައެވެ؟ ތިމާމެންނަށް ރައްޔިތުން ކުރާ ތާއީދާއި މިހާރުގެ ރައީސަށް ތާއީދު ނެތްކަން ދުނިޔެއަށް ހާމަވާނީވެސް އެކުގައި ވާދަކޮށްލެވިގެން ނޫންހެއްޔެވެ؟ އެކަމަކު މިހާރު މުޅިން ލަވަ ބަދަލުވެއްޖެއެވެ. ކިޔާ ލަވައާއި ރާގާ ދިމައެއް ނުވެއެވެ.

މިހާ ހިސާބަށް އައިއިރު ސިޔާސީ ޕާޓީތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ޙާރަކާތްތަކުގެ މަޤްޞަދާއި ނިޔަތާމެދު ރައްޔިތުން ޝައްކުގެ ނަޒަރަކުން ބަލަން ފަށައިފިއެވެ. ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ޚަރަދުކުރެވޭއެތައް ބިލިޔަން ރުފިޔާއެއްގެ ބޭނުމާމެދު ސުވާލު އުފެދެން ފަށައިފިއެވެ. މިފައިސާއިން ފައިދާވަނީ ޤައުމަށްތޯ ނުވަތަ އެ ޕާޓީތަކުގައި އިސްކޮށް އުޅޭ ފަރާތްތަކަށްތޯ ސުވާލުކުރެވެން ފަށައިފިއެވެ. އަދި ޕާޓީތަކުގެ މިނިވަން ޚިޔާލުގެ ސަބަބުން އަންނަ ބަދަލުތަކަކީ ތަރައްޤީތޯ ނުވަތަ އެޔަށް ކިޔަންވީ ކޮން ނަމެއްތޯ ސުވާލުކުރެވެން ފަށައިފިއެވެ.

 

spacer

Get instant notifications on fresh news and views from Maldives!

RMG Blog feed

Get RM Toolbar BETA

 

Get RM Toolbar BETA

 

Add to Google

 

 

 

this PageRanking in Google

spacer

 cnuyil egIruk  | uTcnof | cnwvcauLug | cSwCcawm egWHcfwBim

   Home    Contact Us   Search

SDC

© 2007  Reality Maldives Group , All Rights Reserved.