|
ޢިލްމީ ދިރާސާތައް
ކުރާ މީހުންނަށް ބޭނުންވާނީ ޙަވާލާދޭނެ
ލިޔުންތަކެވެ. މަޢުލޫމާތު ހޯދޭނެ އިތުބާރު ހުރި
ވަސީލަތްތަކެވެ. ފޮތްތަކެވެ. އިންޓަރވިއުތަކެވެ.
ނޫސްމަޖައްލާތަކެވެ. އެކި ލިޔުންތެރީންގެ
ލިޔުންތަކެވެ.
މި ޒަމާނުގައި
ދިވެހި ބަހުންވެސް ޑިޕްލޮމާ ކޯސްތަކާއި ޑިގްރީ
ކޯސްތައް ރާއްޖޭގައި އެބަހިންގައެވެ. އިސްލާމީ
ތަރުބިއްޔަތުގެ ދާއިރާއިންނާއި ދިވެހި ބަހުގެ
ދާއިރާއިންނެވެ. މި ފަދަ ކޯސްތައް ހަދާކުދީންނަށް
ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ މަޢުލޫމަތު
ހޯދާނެ ވަސީލަތްތައް ދިވެހި ބަހުން ހުންނަލެއް
މަދުކަމެވެ. އަޅުގަނޑުމެންގެ މި މަޖައްލާގެ
މައިގަނޑު އެއް މަޤްޞަދަކީ މިދެންނެވި
ދާއިރާތަކުން ޢިލްމީ ލިޔުންތަކެއް ދިވެހި ބަހުން
ލިޔެ ޢާއްމުކުރުމެވެ. ކޯސްތަކުގެ ދަރިވަރުންނަށް
އެކުދީންގެ އެސައިންމެންޓްތައް ހެދުމުގައި
އެހީތެރިވުމުގެ ގޮތުންނެވެ.
މިގޮތުގެ މަތިން
ލިޔާ ލިޔުންތަކަކީ އެކި ބޭފުޅުންގެ އެކި ނަޒަރުން
ލިޔުއްވާ ލިޔުއްވުންތަކަކަށް ވާތީ ތަފާތު
ޚިޔާޅުފުޅުތައް ހާމަވާނެއެވެ. ނަމަވެސް ޢިލްމީ
އަސާސެއްގެ މަތީގައި ފުރިހަމަޔަށް ޙަވާލާދެވިގެން
ނޫނީ އެފަދަ ޢިލްމީ ލިޔުމެއް އަޅުގަނޑުމެން
ހުށައެއް ނާޅާނޫއެވެ. އަދި މި ގޮތުން ތަފާތު
ޚިޔާލުތައް ތަަފާތު ނަޒަރުން ހުށަހެޅުމަކީ
މަޢުލޫމާތު ހޯދާ ބަޔަކަށް އެ ބަޔަކު ބޭނުންވާ
ނަޒަރަކުން ވިސްނުމަށް އެހީ ލިބޭނެ ކަމެއްކަން
ކަށަވަރެވެ. މި ފަދަ ކޮންމެ ޚިޔާލަކީ "އާރުއެމް"
ގެ މެނޭޖްމަންޓްގެ ޚިޔާލަކަށް ވުން ލާޒިމެއް
ނޫނެވެ. އަދި ވަކީ ޚިޔާލެއް ޕްރޮމޯޓްކުރުމަކީވެސް
އަޅުގަނޑުމެންގެ ސިޔާސަތެއް ނޫނެވެ.
ފުރިހަމަ އަޚުލާޤާއި ރީތި ސުލޫކީ
މިންގަނޑަކުން ބައްޓަންކުރެވިފައިވާ ޢިލްމީ ކޮންމެ
ލިޔުމަކަށްވެސް އަޅުގަނޑުމެން މަރުޙަބާކިޔަނީ
އެހެންވެގެންނެވެ.
10
ފެބްރުއަރީ 2008
އެޑިޓަރ،
ރިއަލިޓީމޯލްޑިވްސް
|